އުނގޫފާރުގައި ކަރަންޓު ޖެހުނު ކުއްޖާ ފަރުވާއަށް މާލެ ގެނެސްފި

ރ. ދުވާފަރުގައި ކަރަންޓު ޖެހި ހާލު ސީރިއަސްވި ކުއްޖާ މާލެ ގެނައީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
ރ. އަތޮޅު އުނގޫފާރުގައި ކަރަންޓު ޖެހިގެން ހާލު ސީރިއަސްވި ހުސައިން އަތީކް ކުއްޖާއަށް އިތުރު ފަރުވާ ދޭން އޭނާ މާލެ ގެނެސްފި އެވެ. 
މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި އަނިޔާވި އަތީކް 18، މާލެ ގެނައީ އިއްޔެ ހަވީރުގެ ވަގުތެއްގައި ސީ އެމްބިއުލާންސްގަ އެވެ. އޭނާގެ ހާލު ދެރަވި ހާދިސާ ހިނގާފައި ވަނީ ވާރޭވެހި ހެދިފައިވާ ފެންގަނޑަކަށް، މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން، ކަރަންޓުގެ އަސަރުކޮށްގެނެވެ. އެ ކަރަންޓުގައި ތިން ކުއްޖަކު ޖެހުނެވެ. ކަރަންޓު ޖެހި އަތީކްގެ ހާލު ގޯސްވީ ފުރަތަމަ ކަރަންޓު ޖެހުނު ދެ ކުދިން ސަލާމަތްކުރުމުގެ ތެރޭގައި ހޮޅިދަނޑީގައި އަތްލެވިގެނެވެ.ލިބުނު އަނިޔާތަކާ ގުޅިގެން ތިން ކުދިން ވެސް އުނގޫފާރު ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދިނެވެ. އަތީކްއަށް ފަރުވާ ދީފައި ވަނީ ވެންޓިލޭޓަރުގައި ބާއްވައިގެނެވެ.ކަރަންޓު ޖެހުމުގެ ސަބަބުން އަތީކްގެ އެތެރެހަށީގެ ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެއެވެ. މިއީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ކަރަންޓު ޖެހިގެން ހިނގި މިފަދަ އެންމެ ބޮޑު ހާދިސާ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ