ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ މެމްބަރުން ހަމަނުވާކަމަށްބުނެ އިލެކްޝަންސް ކޮމިޝަންއިން އެ ޕާޓީ އުވާލަން ނިންމި ނިންމުން ސިވިލް ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.
އެމްއާރުއެމް އިން ބުނީ އެ މައްސަލާގައި ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ހުކުމްކޮށްފައިވާކަމަށެވެ. އެގޮތުން އިލެކްޝަންގެ ނިންމުން ޤާނޫނާއި ހިލާފު ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާކަމަށް އެމްއާރުއެމް އިން ބުންޏެވެ.
ސިޔާސީ ޕާޓިއެއްގައި 3000 މީހުން ތިބެން ގާނޫނު ލާޒިމްކުރެއެވެ.
ގާނޫނުގައިވާގޮތުގެ މަތިން އިލެކްޝަންސް އިން އެމްއާރުއެމް އުވާލީ ފާއިތުވި އަހަރުގެ މެއި 24 ގައެވެ. އެއިރު އިލެކްޝަންސް އިން ބުނީ އެ ޕާޓީ އުވާލަން ނިންމީ މެމްބަރުން ހަމަކުރަން ދިން ފުރުސަތުގައި ވެސް އެ އަދަދަށް މެމްބަރުން ހަމަނުކުރެވުމުން ކަމަށެވެ.
މިގޮތަށް ނިންމުމުން ރައީސް މައުމޫން އާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް ވަނީ އެއީ ގާނޫނާއި ހިލާފު ނިންމުމެއް ކަމަށްބުނެ ނުރުހުންވެސް ފާޅުކޮށްފަ އެވެ. އަދި އެ ދެބޭފުޅުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު ކޯޓުންވަނީ އެއިރު އެ ނިންމުމަށް އަމަލުކުރަން މަޑުޖައްސާލުމަށްވެސް އަމުރެއް ނެރެފަ އިވެ އެވެ.
އެމްއާރުއެމް އުވާލީ ޤާނޫނާއި ހިލާފަށްކަމަށް ސިވިލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ