މައިލޯ އިންޓަ ސްކޫލް: ފޭދޫ އިރުޝާދިއްޔާގެ މައްޗަށް ކުރި ހޯދައިފި

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު 15 އަހަރުން ދަށުގެ މެޗް ފޭދޫ ސްކޫލުން ކާމިޔާބްކޮށްފިއެވެ.
އިރުޝާދިއްޔާ ސްކޫލާއި އެކު ކުޅުނު ވާދަވެރި މެޗް ފޭދޫ ސްކޫލުން ކާމިޔާބް ކުރީ 1-3 ލަނޑުންނެވެ.
މިއަދުގެ މެޗްގައި ފޭދޫ ސްކޫލުން ލަނޑު ޖަހާފައިވަނީ ހަސަން ޒިޔާހް ހާދީ އާއި މުހައްމަދު ހޫދު ހަނީފްއެވެ. ހޫދު ވަނީ 2 ގޯލް ޖަހާފައެވެ. އިރުޝާދިއްޔާ ސްކޫލުން ޖެހި ހަމައެކަނި ލަނޑު ޖެހީ މުޙައްމަދު އަރުހަމް ޝަހީމްއެވެ.
15 އަހަރުން ދަށުގެ އުމުރު ފުރާގެ 4 ސްކޫލެއް ބައިވެރިވެފައިވާ އިރު މި އުމުރުފުރައިން ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެވެ. މިހާތަނަށް ކުޅެ ނިމިފައިވާ މެޗްތަކަށް ބަލާއިރު އިރުޝާދިއްޔާ، ފޭދޫ ސްކޫލް އަދި ފޭދޫ ސްކޫލުން ވަނީ 3 ޕޮއިންޓް ހޯދާފައެވެ. ހިތަދޫ ސްކޫލަކަށް ޕޮއިންޓެއް ލިބިފައި ނުވެއެވެ.
މާދަމާ މުބާރާތުގައި ކުޅޭނީ 13 އަހަރުން ދަށުގެ ދެ މެޗެވެ. ފުރަތަމަ މެޗްގައި ޝަމްސުއްދީން ސްކޫލާއި މަރަދޫ ސްކޫލް ވާދަކުރާއިރު ދެވަނަ މެޗްގައި ކުޅޭނީ ހުޅުދޫ ސްކޫލާއި، ޝަރަފުއްދީން ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ