ކަރަޕްޝަނާއި ފަސާދައިން ޤައުމު ސަލާމަތްކުރުމަށް ސުޕްރީމް ކޯޓުން ކުރެއްވި މުޙިންމު މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.
ޖަމީލް އުސްމާން މިގޮތަށް ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
"ކަރަޕްޝަނާއި ފަސާދައިން ޤައުމު ސަލާމަތްކުރުމަށް ސުޕްރީމް ކޯޓުން ކުރެއްވި މުޙިންމު މަސައްކަތަށް ޝުކުރުރިއްޔާ. ޕީޕީއެމް މެނިފެސްޓޯ އާއިއެކު ޕީޖީ ކުރިޔަށް. އަލްޙަމްދުލިﷲ" އެ ޓްވީޓުގައި މެމްބަރު ޖަމީލް އުސްމާން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަށް މިއަދުން ފެށިގެން ޢަމަލު ކުރުމަށް ނިންމާފައިވާއިރު، އެ ނިންމުމުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭއިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
މަސީހު މަޤާމުން ދުރުކުރުމުގެ މައްސަލަ ވެއްދުމުގައި އާއި ވޯޓާއި ދިމާކޮށް މެމްބަރުންނަށް ރިޝްވަތު ދެމުންދާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ ދައުލަތުގެ ބަންޑާރަ ނައިބު މުޙައްމަދު އަނިލް އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވިދާޅުވެފައިވަނީ ރައްޔިތުން އިންތިހާބުކުރާ ފިކުރާ ހިލާފަށް ގޮނޑި ބަދަލުކުރުމަކީ މަސްލަހަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި މެމްބަރުން ގޮނޑި ބަދަލުކުރަނީ މާލީ ފައިދާއަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކަރަޕްޝަނާއި ފަސާދައިން ޤައުމު ސަލާމަތްކުރުމަށް ސުޕްރީމް ކޯޓުން ކުރެއްވި މަސައްކަތަށް ޝުކުރިއްޔާ: ޖަމީލް އުސްމާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ