ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ނުހައްގުން ޖަލަށްލީ، އެމަނިކުފާނަށް އަމާޒުކޮށް ކަމަށާއި އެމަނިކުފާނުވެސް ހުންނެވީ ޖަލުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރައްވާ ސިޔާސީ ލީޑަރުންގެ ތެރެއިން ރައްޔިތުންގެ ކުރިމަތީގައި ހަމައެކަނި ފެންނަން ހުރީ އެމަނިކުފާނު ކަމަށް ވިއަސް، ހަގީގަތަކީ އެމަނިކުފާނު ވެސް މިހާރު ހުންނެވީ މާފުށީ ޖަލުގައި ކަމަށެވެ.
" ރަޙުމެއްނެތް ގަތުލުތައް" މި ނަމުގައި އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ދައުލަތުގެ ބަޖެޓުން ވިޔާނުދާ ޒުވާނުންނަށް ފައިސާ ހަރަދު ކުރެވެމުންދާ ކަމަށާއި ރާއްޖޭގައި މާރާމާރީ އާއި މީހުން މެރުން ފަދަ ކަންކަން އިތުރުވެފައި ވަނީ ސަރުކާރުން އެކަމަށް ހިތްވަރު ދޭތީ ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.
"ޒުވާނުންނަށޭ ކިޔާފައި ވަރަށް ވިޔާނުދާ ޒުވާނުންނަށް ދައުލަތުގެ ބަޖެޓުން ފައިސާތަކެއް އެބަގެންދޭ. އެއީ ކީއްކުރަން ދޭ ފައިސާއެއްތޯ؟ އެއްވެސް ޝައްކެއް ނެތް އެ ވިދާޅުވާ ޒުވާނުންނަކީ ހަގީގީ ހަރުދަނާ ޒުވާނުންނެއް ނޫން. ވިޔާނުދާ، މާރާމާރީ ހިންގާ، މަސްތުވާތަކެތީގެ ވިޔާފަރި ކުރާ މީހުން މަރާ ޒުވާނުން. އެމީހުންނަށް ފައިސާ ދިނީމަ އެ ދެވެނީ އެމީހުންނަށް ހިތްވަރު،" މައުމޫން ވިދާޅުވި އެވެ.
ތަރައްގީގެ ވާހަކަ ސަރުކާރުން ދައްކާއިރު އެތަންތަނަށް ހިދުމަތް ކުރާނެ ބަޔަކު ނެތްނަމަ އެތަންތަނުގެ ބޭނުމެއް ކޮބައިތޯ ރައީސް މައުމޫން ވަނީ ސުވާލު އުފައްދަވާފައެވެ.
"މީހުން މަރަމުން ގޮސް، ކޮން މަދަރުސާތަކެއްތޯ؟ ކޮން ހޮސްޕިޓަލްތަކެއްތޯ؟ ކޮން ވަޒީފާތަކެއްތޯ؟ ކޮން އެއާޕޯޓުތަކެއްތޯ؟ ބޭނުމެއް ނެތެއްނުންތޯ؟ އެ ހުރިހާ ތަނެއްގެ ބޭނުމަކީ އިންސާނުން ތިބެގެން އިންސާނުން އޭގެ ފައިދާ ހާސިލް ކުރުން،" މައުމޫން ވިދާޅުވި އެވެ.
ފާރިޝް ޖަލަށްލީ އަޅުގަނޑަށް އަމާޒުކޮށް, އަޅުގަނޑުވެސް މިހުރީ ޖަލުގައި: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ