އައްޑޫ ސިޓީގެ ރަށްތަކަށް ދިމާވަމުންދާ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ކޮމިޓީއަށް ހުށަހަޅާފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދަށް އެޑްރެސް ކުރައްވާ ހުށަހަޅާފައިވާ ސިޓީގައި ވަނީ އައްޑޫ ސިޓީގައި ތަކުރާރުކޮށް ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވެ ކޮންމެ ދުވަހަކުވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެތައް ފަހަރަކު ކަރަންޓް ކެނޑެމުން ދިއުމުގެ ސަބަބުން ރައްޔިތުން ގެންގުޅޭ އިލެކްޓްރޯނިކް ސާމާނު ހަލާކުވަމުންދާތީ ރަށުގެ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ. މީގެ އިތުރުން ފެން ލިބުމުގައި ދަތިވެ،ކޮންމެ ދުވަހަކު އެތައް ގަޑި އިރުތަކެއް ރައްޔިތުން އަނދިރީގައި އުޅެންޖެހޭ ކަމަށް މި ސިޓީގައި ބަޔާން ކުރައްވަފައިވެ އެވެ.
މި ދުވަސްވަރަކީ އޯ ލެެވެލް އިމްތިހާނު ކުރިއަށްދާ ދުވަސްވަރަށްވެފައި ކަރަންޓް ނެތުމުގެ ސަބަބުން ކުދިން ކިޔެވުމަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ .އަދި މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ބާރު އެޅުމަށާއި މިފަދަ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށް ފެނަކައިން ކުރަމުންދާ މަސައްކަތް ތަކަކީ ކޮބައިތޯ ބެލުމަށް ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ހާޒިރީކޮށް ސުވާލު ކުރުމަށް އެދޭ ކަމަށް ސިޓީގައި ބަޔާން ކުރައްވައިފައިވެ އެވެ.
އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅާފައިވާ އިރު މިދިޔަ ހަފްތާގައިވެސް ވަނީ ސްޓެލްކޯ އާއި ފެނަކައާއި އެމްޑަބްލއިުއެސްއީ ގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގު ބޮޑުވާ މައްސަަލައަށް ހައްލެއް ހޯދުމަށް އެފަރާތްތަކުގައި އެދިފަ އެވެ. އެ ބައްދަލުވުމުގައި ކަމާބެހޭ އިދާރާތުގެ އިސްވެރިން ވިދާޅުވީ ރަށްރަށުގައި ފެނާއި ކަރަންޓްގެ ޚިދުމަތުގެ އަގު ބޮޑުވާ މައިގަނޑު ސަބަބަކީ ޚިދްމަަތް ފޯރުކޮށްދިނުމުގައި ޚަރަދު ބޮޑުވުމާއި ޚިދްމަތް ބޭނުން ކުރާ މީހުންގެ އަދަދު މަދުވުން ކަމަށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ