މެމްބަރު ހިސާން ހުސައިންގެ ބައްޕާފުޅު އަވަހާރަވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސައިންގެ ބައްޕާފުޅު ހިތާދޫ ޝެއިޚް ހުސައިން ޔޫސުފް އަވަހާރަވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި ޝެއިހު ހުސައިން ޔޫސުފް އަވަހާރަވީ މިރޭގެ ވަގުތެއްގައި އިންޑިއާގަ އެވެ. ޝެއިހު ހުސައިން ޔޫސުފަކީ ރައްޔިތުންގެ މަޖިލީހުގެ ބ. އަތޮޅުގެ މެމްބަރު ކަމާއި ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޖަސްޓިސް މިނިސްޓްރީގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި އެވެ. ޝެއިހު ހުސައިން ޔޫސުފަކީ، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ އެމެބެސަޑަރު ތިލްމީޒާ ހުސައިންގެ ވެސް ބައްޕާފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ