ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިނިވަންދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުއްވައިފި އެވެ.
އެމަނިކުފާނު ނެރުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ ދިވެހީންގެ މިނިވަންކަމަށް 50 އަހަރު ފުރުނު މި ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ މިނިވަން ތާރީޚުގައި ފާހަގަކުރެވުނު އެންމެހާ ޤައުމީ ޚިދުމަތްތެރިންނަށާއި، ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ.
އަދި ވިދާޅުވީ ދިވެހި ޤައުމަށް އެންމެ ލާބަޔާ މަންފާ ހުރި މަގުން، ފުރިހަމަ މިނިވަންކަމާއެކު ކުރިއަށް ގެންދިއުމުގެ ހެޔޮ ވިސްނުމާއި ފިކުރު އަޅުގަނޑުމެން އެންމެންނަށް ކީރިތިﷲ މިންވަރުކުރެއްވުން އެދި ދުއާކުރައްވާ ކަމަށެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ މިޤައުމު މިނިވަންކަން މަތީ އަބަދުމެ ލެހެއްޓެވުމަށް ދުއާކުރައްވަމުން ނެވެ.
ދިވެހިންނަށް މިިވަންކަން ލިބުނީ އިނގިރޭސިންގ ހިމަޔަތުގެ ދަށުގައި 78 އަހަރު ވަންދެން އޮތުމަށްފަހު 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.
މިނިވަންދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ގާސިމް އިބްރާހިމް ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ