ރާއްޖޭގައި ބޭއްވޭ ކޮންމެ އެގްޒަބިޝަނަކީ ރާއްޖެ އިސްތިހާރުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި އެގްޒިބިޝަންތައް ބޭއްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މޫސާ ޒަމީރު މިމޭރުމުން ވިދާޅުވީ ހޮޓެލް އޭސިއާ އެގްޒިބިޝަން 2015 ހުޅުވުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި މޫސާ ޒަމީރު ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް ބައްލަވައިލައްވައިފައެވެ.
މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ތަރައްގީކުރުމަށް ސަރުކާރުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު ޑޮމެސްޓިކް އެއާޕޯޓްތައް އެޅުމާއި، ނުނިމި ހުރި ރިސޯޓްތައް އަވަހަށް ހުޅުވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތައް މޫސާ ޒަމީރު ވަނީ ވަރަސް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައިފައެވެ.
މޫސާ ޒަމީރު މިއަދުވެސް ވިދާޅުވީ މި ސަރުކާރުގެ 5 އަހަރު ނިމުމުގެ ކުރިން ގިނަ އަދަދެއްގެ ރިސޯޓް ހުޅުވިގެން ދާނެ ކަމަށެވެ. އަދިި މި ރިސޯޓްތައް އޮޕަރޭޝަނަށް ގެންވުމާއެކު އެތައް ބައިވަރު ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށެވެ.
އިތުރުވާ ވަޒީފާތަކަށް ދިވެހިން ތަމްރީނުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތައްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ.
ރާއްޖޭގަ ބޭއްވޭ ކޮންމެ އެގްޒަބިޝަނަކީ ރާއްޖެ އިސްތިހާރުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް: ޓޫރިޒަމް މިނިސްޓަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ