މެމްބަރު އަމިތު ބަންދުން ދޫކޮށްލައިފި

އިންސާފުވެރި އިންތިހާބަކަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތު ދޫކޮށްލައިފިއެވެ.
އަމިތު ހައްޔަރުކޮށްފައިވަނީ ސޯސަން މަގު އެމްޑީޕީ އޮފީސް ކުރިމަތިން ފުލުހުން މުޒާހަރާއަށް ހުރަސް އަޅާ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ފަހުގައެވެ.
މިއަދުގެ އެއްވުމަށް ހުރަސްއަޅާ ފުލުހުން އެއްވުން ހުއްޓުވިއިރު އިންސާފުވެރި އިންތިހާބަކަށް މަގުފަހިކޮށް ދިނުމަށާއި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށްވަނީ ގޮވާލާފައެވެ. މިއަދުގެ އެއްވުމުގައި އިދިކޮޅު އިއްތިހާދުގެ ބައިވެރިން ބައިވެރި ވިއެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި ކުއްލި މުޒާހަރާއެއް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި އިރު ރާއްޖެއާއި މެދު ފިޔަވަޅު އެޅުމަށް މާދަމާ އޮންނަ ޔޫރަޕިއަން ޔޫނިއަންގެ ޖަލްސާއަށްވަނީ އެޖެންޑާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ