ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ފާރިސްގެ މައްސަލަ މަޑުޖައްސާލައިފި

މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ބަންދު ކުރި މައްސަލައިގެ އިސްތިއުނާފު މައްސަލަ ބަލާ ބެންޗު ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެކަމަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން މައްސަލަ ފަސް ކޮށްލައިފި އެވެ.
ފަސްކޮށްލި އިރު ހައިކޯޓުގައި މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިމިފަ އެވެ. އޭގެ ފަހުން ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރުމުން ފާރިސްގެ ފަރާތުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
ފާރިސްގެ ވަކީލުން ވިދާޅުވަނީ ބެންޗު ބަދަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި، އެހެން ކަމުން އެ މައްސަލަ ސުޕްެރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ މަޑުޖައްސާލުމަށް ފާރިސްގެ ފަރާތުން އެދުމުން އިއުތިރާޒު ނުކުރާ ކަމަށް ދައުލަތުން ވެސް ވަނީ ބުނެފަ އެވެ.
އެހެންވެ ފަނޑިޔާރު ނިންމެވީ އެކަމަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އެ މައްސަލަ މަޑުޖައްސާލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ