ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުނޑުފުނޑުކޮށްލާތަން ބަލަން ދިވެހިން ނުތިބޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ސައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި ކުރި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި އިމްރާން ވިދާޅުވެފައިވަނީ އެއްވެސް ހައްގަކާނުލާ ގާސިމް އިބްރާހިމް ފުނޑުފުނޑު ކޮށްލާތަން ބަލަން ދިވެހި ރައްޔިތުން ނުތިބޭނެ ކަމަށެވެ.
Ehves hahqakaa nulaa qasim ibraahim fundu fundu kohlaa than balan dhivehi rayyithun nuthibeyne.
— Imran Abdulla (@ShimranAb) February 25, 2015
އިމްރާން މިހެން ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީ ގުޅިގެން ގާނޫނު އަސާސީގެ ދިފާއުގައި ސަރުކާރު “ސައިޒަށް” ކަނޑަން ނިކުންނައިރު މި ހަރަކާތްތަކުގައި އިލްމުވެރިން ބައިވެރި ނުވުމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވަނީ ގޮވާލައްވާފަ އެވެ.
ނަމަވެސް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ހައްޔަރުކުރި ހިސާބުން ޓްވީޓް ކުރުމުގައި އިމްރާން ގެންގުޅުނު ރާގު މިހާރު ވަނީ ބަދަލުވެފަ އެވެ.
ގާސިމް އިބްރާހިމް ފުނޑުފުނޑުކޮށްލާތަން ބަލަން ދިވެހިން ނުތިބޭނެ: އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ