ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީޢަތަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ނުކުރެވިފައިވާ 02 މީހަކު ކޯޓަށް ހާޒިރުކޮށްދިނުން އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުތަކަކާ ގުޅިގެން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާތީ އެ މީހުންގެ މަޢުލޫމާތު ޢާންމުކޮށް އިޢުލާނުކޮށްގެން ހޯދަން ފަށައިފިއެވެ.
ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ހޯދަމުންދަނީ ސ.މަރަދޫ، ވެސްޓްބީޗް ޢަލީ ސާމް (34އ) އެވެ. އަދި ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ހޯދަމުންދަނީ ކ.މާލެ، ގ.ވޯޓަރލޫ ޙަސަން ނަޞީރު (24އ) އެވެ.
މި ދެ މީހުންގެ ތެރެއިން ޢަލީ ސާމް ހޯދަމުންދަނީ އޭނާގެ މައްޗަށް ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ދަޢުވާކުރާ ޙުކުމް ތަންފީޒް މައްސަލައަކާއި ގުޅިގެން ކޯޓަށް ޙާޟިރު ކުރުމަށް ބޭނުންވެ، ޙާޟިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ސިވިލްކޯޓަށް ޙާޟިރު ކުރުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ.
ޙަސަން ނަޞީރު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ބަނގުރާ ގެންގުޅުމުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ޙާޟިރު ކުރުމަށްޓަކައި ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމަށް ބެލިއިރު، ޙަސަން ނަޞީރު މިހާރު ދިރިއުޅޭ އެޑްރެހުން އެކިފަހަރު މަސައްކަތްކޮށް އަމުރު ޙަވާލު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ޙާޟިރު ކުރުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންކަމަށް ފުލުހުން ބުނެއެވެ.
ކޯޓުން އަންގައިގެން ދެ މީހަކު ހޯދަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ