ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަންގެ ފަރާތުން ބާއްވާ ސިލްސިލާ ޖަލްސާތަކުގެ މިއަހަރުގެ އެންމެ ފަހު ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި އޮންނާނެކަމަށް އެ ފައުންޑޭޝަނުން ބުނެފިއެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ މިރޭ ގެ ޖަލްސާގައި މައުމޫން ފައުންޑޭޝަންގެ ޗެއަރމަން ކުރީގެރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް "ރަމަޟާން މަހަކީ އެންމެ އުފާވެރި މަސް" މި މައުޟޫޢުގެ މައްޗަށް ވާހަކަފުޅު ދައްކަވާނެކަމަށެވެ.
ރައީސް މައުމޫންގެ އިތުރުން މިޖަލްސާގައި ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމްވެސް ވާހަކަފުޅު ދައްކަވާނެކަމަށް މައުމޫން ފައުންޑޭޝަނުން މަޢުލޫމާތު ދެއެވެ. އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވަނީ "ލައިލަތުލްޤަދްރިގެ މާތްކަން" މި މައުޟޫޢުގެ މައްޗަށެވެ.
"މާތް ﷲ ގެ އަޅުތަކުންގެ ސިފަތައް" މިމައުޟޫޢުގެ މައްޗަށް ޑޮކްޓަރ އަޙްމަދު ޒިޔާދުވެސް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާކަމަށް މައުމޫން ފައުންޑޭޝަނުންވަނީ ބުނެފައެވެ.
މައުމޫން ފައުންޑޭޝަންގެ އެންމެ ފަހު އިހްޔާ ޖަލްސާ މިރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ