2018 އާއި އަޅާބަލާއިރު 2019 ވަނަ އަހަރު ވަރީގެ އަދަދު 61 އިންސައްތަ އިތުރު

ދެހާސް އަށާރަވަނަ އަހަރާއި އަޅާބަލާއިރު 2019 ވަނަ އަހަރު ކުރި ވަރީގެ އަދަދު 61.6 އިންސައްތަ އިތުރުވެފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކޮށްފި އެވެ.
Advertisement
ޑީޖޭއޭ އިން އާންމުކުރި ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ވަނީ 5290 ކައިވެނި ކޮށްފަ އެވެ. އަދި އެ އަހަރު 3166 ވަރި ކޮށްފައިވެ އެވެ.މީގެ އިތުރުން ނިމިދިޔަ 2019 ވަނަ އަހަރު 6509 ކައިވެނި ކޮށްފައިވާއިރު 5117 ވަރި ކޮށްފައިވެ އެވެ. ޑީޖޭއޭ އިން ބުނީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 2019 ވަނަ އަހަރު ކުރި ކައިވެނީގެ އަދަދު 23 އިންސައްތަ މަދު ކަމަށެވެ.އަދި 2018 ވަނަ އަހަރާއި އަޅާބަލާއިރު 2019 ވަނަ އަހަރު ކުރި ވަރީގެ އަދަދު 61.6 އިންސައްތަ އިތުރު ވެފައިވާ ކަންވެސް ޑީޖޭއޭގެ ތަފާސްހިސާބުތަކުން ހާމަވެ އެވެ. ރާއްޖޭގައި ކުރެވޭ ވަރީގެ އަދަދު އިތުރުވެ އިޖުތިމާއީ މައްސަލަތައް ގިނަވާތީ އިޖުތިމާއީ ހިދުމަތްތެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ