ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލްގެ 33 ކުއްޖަކު ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ ހިމަބިއްސަށް ޓެސްޓުކުރި ފަރާތްތަކުގެ ތެރެއިން ދެ މީހަކު އެބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ފަރާތަކީ ޣާޒީ ސުކޫލުގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރެއް ކަމަށެވެ.އެެގޮތުން އެ ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން 33 ދަރިވަރުންނަކީ މީސަލްސް ވެކްސިންގެ ޑޯޒު ފުރިހަމަ ނުކުރާ ކުދިން ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.އެޗްޕީއޭއިން ބުނީ ބަލިޖެހިފައިވާ ފަރާތެއް ފެނުމުން މިހާރުވެސް އެ ސަރަހައްދެއްގައި އަމަލުކުރަމުން އަންނަ ގޮތަށް މައުލޫމާތު ދިނުމާއި އިތުރަށް ދެނެގަތުމާއި އަދި ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.އަދި ހިމަބިހީގެ ވެކްސިން ޑޯޒުތައް ފުރިހަމަ ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ގާޒީ ސްކޫލްގެ 33 ކުއްޖަކު ވެކްސިން ފުރިހަމަ ނުކުރޭ: އެޗްޕީއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ