މާލޭ ޖަލުގައި ކިއު ސިސްޓަމެއް ގާއިމް ކޮށްފި

މާލޭ ޖަލުގައި ކިއު ސިސްޓަމެއް ގާއިމް ކޮށްފި ކަމަށް ކަރެކްޝަނުން ބުނެފިއެވެ. އެތަނުން ބުނީ މި ކިއު ސިސްޓަމަކީ ޖަލުގެ ކައުންޓަރުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތައް ބޭނުންކުރުމަށް ގާއިމް ކުރި ކިއު ސިސްޓަމެއް ކަމަށެވެ.
ކަރެކްޝަނުން ބުނީ މާލޭ ޖަލުން ފޯރުކޮށްދޭ އެހެން ގިނަ ޚިދުމަތްތަކަށް ވެސް މިއަހަރުގެ ތެރޭގައި ގިނަ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން ޖަލުގައި ބަންދުގައި ތިބޭ ޤައިދީންގެ އާއިލާ ތަކުން ފޯމު ހުށަހެޅުމުން 24 ގަޑިއިރުގެ ތެރޭގައި މިހާރު ދަނީ ބައްދަލުވުން ހަމަޖައްސާދެވެމުންނެވެ. އަދި އާއިލީ ބައްދަލުވުންތަކަށް ޚާއްޞަ ކުރެވިފައިވާ ތަނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެވި، ހުރިހާ އުމުރުފުރާ އަކާއި ވެސް ގުޅޭގޮތަށް ބައްޓަން ކުރެވި މިހާރު ދަނީ ބޭނުން ކުރެވެމުންނެވެ. އެގޮތުން އާއިލީ ބައްދަލުވުންތައް ކުރިއަށްދާތަނަކީ، ކުޑަކުދިންނާ ވެސް ރައްޓެހިމާޙައުލަކަށް ހެދުމަށްޓަކައި ކުޑަކުދިންގެ ޕްލޭ އޭރިއާއެއް ވަނީ އެތަނުގައި ޤާއިމްކުރެވިފަ އެވެ.
Advertisement
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ އެ ސާވިސް އިން އަބަދުވެސް މަސައްކަތްކުރަނީ ޤައިދީންނަށާއި އާއިލާތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދެފަރާތަށް ވެސް ފަސޭހަ އަދި ފައިދާކުރުވަނިވި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ