ސްޓެމް ފެސްޓް 2019 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާޙްކޮށްދެއްވައިފި

ވިމެން އިން ޓެކްގެ ފަރާތުން އިންތިޒާމްކުރި ސްޓެމް ފެސްޓް 2019 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިއަދު މެންދުރުފަހު ހުޅުމާލެ ސެންޓްރަލް ޕާކު ސަރަޙައްދުގައި އިފްތިތާޙުކުރި ސްޓެމް ފެސްޓްގައި ހުޅުވާފައިވާ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސްޓޯލްތަކުގައި ދައްކާލަން ބަހައްޓާފައިހުރި ގެޖެޓްތަކާއި ޚިދުމަތްތަކުގެ މަޢުލޫމާތު ހޯއްދަވާފައެވެ.
ނޮވެމްބަރ 8 އަދި 9 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކު ސަރަޙައްދުގައި ކުރިޔަށްގެންދާ ސްޓެމް ފެސްޓަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތެމެޓިކްސްގެ ދާއިރާއިން އުފެއްދުންތައް ދައްކާލުމަށް ކުރިޔަށްގެންދާ ފެސްޓިވަލެކެވެ. މި ފެސްޓިވަލްގައި 20 ފަރާތަކުން ސްޓޯލް ހުޅުވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ