މެންބަރުން ހައްޔަރު ކުރުމުގައި އަމަލުކުރާ ގޮތް ބަޔާންކޮށްފައިވާ ބައެއް މާއްދާތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް

މެންބަރުން ހައްޔަރު ކުރުމުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން އަމަލުކުރަން ޖެހޭނެ ގޮތް ބަޔާންކޮށްފައިވާ ބައެއް މާއްދާތައް ބާތިލްކުރަން ސަރުކާރުން މިއަދު ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިފި އެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ސުޕްރީމް ކޯޓުގައި ކުރި ދައުވާގައި ބުނެފައިވަނީ، މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ) އާއ (ރ) އަދި 204 ވަނަ މާއްދާގެ (ނ) ބާތިލު ކުރަން މިއަދު ސުޕްރީމު ކޯޓަށް ހުށަހަޅާފައިވަނީ އެ މާއްދާތައް ގާނޫނާ ހިލާފުވެފައި ފުލުހުންގެ ބާރުތައް ހަނި ކުރާތީ ކަމަށެވެ.
މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާގެ ށ އާއި ރ އަކީ ކުށުގެ ވެށިން މެމްބަރުން ހައްޔަރު ކުރުމުގައި އަމަލު ކުރަން ޖެހޭނެ މާއްދާތަކެއް ނޫން ކަމަށް ސަރުކާރުން ގަބޫލު ކުރާ ކަމަށާއި އަދި 204 ވަނަ މާއްދާގެ (ނ) އަކީ ގާނޫނުއަސާސީގެ 45 ވަނަ މާއްދާ އާއި 46 ވަނަ މާއްދާއާއި 48 ވަނަ މާއްދާއާއި ހިލާފު މާއްދާއަކަށްވާތީ އެ މާއްދާ އުވާލަން ޖެހޭ ކަމަށް އެ ދައުވާގައި ބުނެފައި ވެއެވެ.
މިމައްސަލައާ ގުޅިގެން ހޯމް މިނސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައިވަނީ، ފުލުހުންގެ އިންޓެލިޖެންސުން އޮޕަރޭޝަނެއް ހިންގުމުގައި މަޖިލީހަށް ހުށަހެޅިފައިވަނީ ކޮންކަހަލަ މައްސަލައެއްތޯ ބަލަން ނުޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ