މާލޭގެ ބޮޑު ބަޔަކުން ރޭ ކަރަންޓް ދިޔައީ ޖަނަރޭޓަރެއް ފޭލިވެގެން: ސްޓެލްކޯ

ރޭ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ ޚިދުމަތް ދިނުމަށް ބޭނުން ކުރާ އަށް މެގަވޯޓްގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ރޭ 10:45 ހާއިރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުމާއި ގުޅިގެން ސަރުކާރުގެ ކަރަންޓް ކުންފުނިން މިއަދު ބުނީ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑެން މެދުވެރިވީ އަށް މެގަ ވޯޓްގެ އިންޖީނުގެ ލުބްރިކޭޓިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
މި މައްސަލަ ހައްލުކޮށް ރޭ ދަންވަރު 12:00 ޖަހާ އެހާކަންހާއިރު ކަރަންޓް ކެނޑުނު ހުރިހާ ސަރަހައްދުތަކަށް އަލުން ކަރަންޓްގެ ޚިދުމަތް ސްޓެލްކޯއިން ވަނީ ދީފަ އެވެ.
ވެރިރަށް މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުމުގެ ސަބަބުން އާއްމުނަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ރޭ ވަނީ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވެ އެވެ. މި އަހަރުގެ ތެރޭގައި މާލޭގެ އެ ކިސަރަހައްދުތަކުން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލައާ ކުރިމަތިލާންޖެހިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ