ރިޔާސީ އިންތިހާބަށް ވޯޓް ކަރުދާސް ޗާޕްކޮށްދޭނެ ފަރާތެއް ހޯދަނީ

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ބޭނުންވާ ވޯޓް ކަރުދާސް ޗާޕްކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ބޭނުމަށް ވޯޓް ކަރުދާސް ޗާޕްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސުން އިއުލާންކޮށްފައިވާއިރު މި ޕްރޮޖެކްޓްގެ ޕްރީ ބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ބިޑްތައް ހުޅުނުން އޮންނާނީ އަންނަ މާކް މަހުގެ 11 ވަނަ ދުވަހުކަމަށް އިއުލާންގައި ބުނެފައިވެއެވެ.
އިއުލާންގައި ބުނެފައިވަނީ ވޯޓް ކަރުދާސް ޗާޕްކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވަނީ އިންތިހާބުގެ ދެބުރަށް ވޯޓް ކަރުދާސް ޗާޕްކުރަށް ޖެހިއްޖެނަމަ ދެބުރަށްވެސް ވޯޓް ކަރުދާސް ޗާޕްކުރުމަށްކަމުގައެވެ. ނަމަވެސް ޗާޕްކުރަން ޖެހެނީ ކިހާ ކަރުދާހެއްކަން އިއުލާންގައި ނުބުނެއެވެ.
ނަމަވެސް ވޯޓް ކަރުދާސް ޗާޕްކުރާތަން ހުންނަނީ މާލެއިން ބޭރުގައިނަމަ އެހުށައެޅުމެއް ބާތިލް ވާނެކަމަށް އިއުލާންގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ