ހަރުގަނޑުތައް މިހާރު ހަލާކުވެއްޖެ ކަމަށް ޕީޕީއެމް ނައިބު ރައީސް އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ވަޑައިގެންނެވުމަށް ފުލުހުން ޗިޓް ފޮނުވުމުން އެތަނަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކޮށް އުމަރު ދެންނެވީ ހަރުގަނޑުތަކެއްގެ ވާހަކައެއް ދެއްކެވިން ކަމަށާއި އަދި ހަރުގަނޑުތައް ބަހައްޓާފަ އެތެރެއަށް ފުންމާލާ ވަހަކަވެސް ދެއްކެވިން ކަމަށާއި ނަމަވެސް އެ ހަރުގަނޑުތައް ވިއްދާފަ ފުންމާލަނީ ކޮންތަނަކަށްކަން ވިދާޅުވެފައި ނުވާނެކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ ފުލުހުންގެ ސްޓޭޓްމަންޓްގައިވެސް ހަރުގަނޑުތައް ވިއްދާފަ ފުންމާލަނީ ކޮންތަނަކަށްކަމެއް އުމަރު ވިދާޅުވެފައި ނެތްކަމަށެވެ.
"އަޅުގަނޑު މިއައީ ފުލުހުންނަށް ބަޔާނެއް ދީފައި. އެގައި އޮންނާނެ ހަރުގަނޑުތައް ހަލާކުވެއްޖެ ކަމަށް. ހަރުގަނޑުތައް ވިއްދާފަ ވަކިތަނަކަށް ފުންމާލާ ވާހަކައެއް ވިދާޅެއްނުވަން." އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ އޭނާ ފުލުހަށް ހާޒިރު ކުރުމުގައި ސަރުކާރުގެ އިންތިހާދުގައި ހިމެނޭ ސިޔާސި ވާދަވެރިންގެ އަތެއް ވާކަމަށް ތުހުމަތުކޮށްފައެވެ.
"މިއަދު އަޅުގަނޑު މިތަނަށް ހާޒިރުކުރުމުގައި ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ސިޔާސީ ވާދަވެރިންގެ އަތެއްވާކަމަށް ބެލެވޭ، " އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު ހަރުގަނޑުތަކެއް އޭނާ ބުނާ ތަނެއްގައި ވިއްދާފައި ތަނަކަށް ފުންމާލާ ވާހަކަ ދައްކާފައި ވަނީ ތޭވީސް އިއްތިހާދުން 22 ރޭ އެމްއެމްއޭ ސަރަހައްދުގައި ކުރި މުޒާހަރާތަކުގެ ތެރެއިން ރެއެއްގައިއެވެ.
އުމަރު އިރުތުރަށް ވިދާޅުވީ އޭނާ ފުލުހަށް މައްސަލައެއް މީގެކުރިން ހުށަހަޅާފައި ވާނެކަމަށާއި އެއީ ރައީސް ނަޝީދު ޖަލްސާއެއްގައި ވިދާޅުވެފައިވާ "ބޮވޭނެ. ބޮވެންޖެހޭނެ." ކަމަށް ވިދާޅުވެފައިވާ މައްސަލައެއްކަމަށެވެ. ރައީސް ނަޝީދުގެ އެމައްސަލަ ބަލަމުންދާކަމަށް އުމަރު އަރިހުގައި ފުލުހުން ދަންނަވާފައި ވާކަމަށް އުމަރު ވިދާޅުވިއެވެ.
ޕޮލީހަށް ހާޒިރުކުރީ ސަރުކާރުގައި ހިމެނޭ ސިޔާސި ވާދަވެރިންގެ އަތެއް އޮވެގެން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ