ދަނރިކަނބަލުން ނިންމި ނިންމުމަށް ތާއީދެއް ނުކުރަން: ރައީސް މައުމޫން
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުން އެކަން ދުންޔާ މައުމޫން ގަބޫލުފުޅު ކުރެއްވުމަކީ ތާއީދު ކުރައްވާ ކަމެއް ނޫންކަމަށް ދުންޔާ މައުމޫންގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އެކަން ހާމަ ކުރެއްވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ދުންޔާ މައުމޫން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަބްދުލްގައްޔޫމް އައްޔަން ކުރެއްވީވެސް މިއަދު އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވަނީ ދުންޔާ އަނބުރާ ސަރުކާރަށް ދިއުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި އެމަނިކުފާނު އެކަމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
މިކަމާގުޅިގެން ޔުމްނާ މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވަޑައިގަތުމަށް ދުންޔާ މައުމޫނު ނިންމެވި ނިންމެވުމަކީ އަމިއްލަ ނިންމެވުމެއް ކަމަށެވެ. ޔުމްނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ކުރީގެ ރައީސް މައުމޫނުގެ އަރިހުގައި ހައްގުގެ މަގާމުގައި ސާބިތުކަމާއިއެކު ހުންނަވާނެކަމަށެވެ.
ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުގައި ރައީސް މައުމޫން ހުންނަވަނިކޮށް، ސިވިލް ކޯޓުން ވަނީ ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލު ކުރުމަށް ހުކުމް ކޮށްފަ އެވެ.
ދަނރިކަނބަލުން ނިންމި ނިންމުމަށް ތާއީދެއް ނުކުރަން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ