ދިވެހިރައްޖޭގެ ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކްރިމިނަލް ކޯޓް ހިންގެވުމާޢި ޙަވާލުވެ ހުންނެވި ޢަލީ ރަޝިދު ޙުސައިން އަދި މަޝްހޫރު ޤާނޫނީ ވަކީޅު ޑރ. މުޙައްމަދު އިބްރާހީމް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާދީފައި ވާތީ ދެ ބޭފުޅުންގެ ނަން މަޖިލިހަށް ފޮނުއްވާފައިވާ ކަމަށެވެ. މިކަން ހާމަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޓްވިޓެއް ކުރައްވާފައެވެ.
ގާޒީ އަލީ ރަޝީދަކީ ދިވެހިރާއްޖެ ސްޕީރިއަރ ކޯޓްތަކުގައި ވަރަށް ގިނަދުވަސްތަކެއްވަންދެން ފަނޑިޔާރުކަން ކަރަމުން ގެންގޮސްފައިވާ ފަނޑިޔާރެކެވެ. އެގޮތުން ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓްގެ އިތުރުން ސިވިލްކޯޓްގައިވެސް ޢަލީ ރަޝީދު ފަނޑިޔާރުކަން ކުރައްވާފައިވެއެވެ. ގާޒީ އަލީ ރަޝީދަކީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ބެންޗްގެ ރިޔާސަތު ބެލެހެއްޓެވި އަދި ޙުކުމް އިއްވި ފަނޑިޔާރެވެ. އެހެންކަމުން އިދިކޮޅޫ ފަރާތްތަކުން ޢަލީ ރަޝިދަށް ތާޢީދު ކުރައްވާނެކަމަށް ނުބެލެވެއެވެ. އިދިކޮޅުން ސިފަކުރަނީ ޢަލީ ރަސީދަށް ސްޕްރީމް ކޯޓަށް އާދެވުނީ ރައީސް ޔާމީންގެ މައްޗަށް އެފަދަ ޙުކުމެއް ނުހައްޤުން ކުރެއްވީތީއެވެ.
ޑރ. މުހައްމަދު އިބްރާހިމަކީ ވަކީލެއްގެ ގޮތުގައި ގިނަދުވަސްތަކެއް ވަންދެއް މަސައްކަތް މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ޑރ. މުޙައްމަދު އިބްރާހީމަކީ ޕްރިމިއާ ޗެމްބާސް ލޯ ފާމުގެ އެއް ހިއްސާދާރެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ގާޒީ އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރުމުގެ މައްސަލަ މަޖުލިހަށް ފޮނުއްވައިފި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ