ރައީސް މައުމޫން ކޮވިޑް ބަލިން ފަސޭހަ ވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް-19 ބަލިން ފަސޭހަވެއްޖެއެވެ. އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަމުން ގެންދެވީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. 
އެމްއާރްއެމްގެ ފަރާތުން މިއަދު މައުލޫމާތު ދިން ގޮތުގައި އެ ޕާޓީގެ ރައީސް މިއަދު ވަނީ ގެއަށް ބަދަލުވެވަޑައިގެންފައެވެ. ކޮވިޑް ބައްޔަށް މުޅިން ސިފާ ލިބިފައިވާ ކަަމަށް ބުންޏެވެ. 
ރައީސް މައުމޫންއަށް ކޮވިޑް ޖެހެން މެދުވެރި ގޮތެއް އަދި ސާފެއް ނުވެއެވެ. އެމަނިކުފާނުގެ އާއިލާގެ އިތުރު ބޭފުޅަކަށް ކޮވިޑް ޖެހުނު ކަމެއް އެނގިފައެއް ނުވެއެވެ. 
ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ކޮވިޑަށް ޓެސްޓް ކުރެއްވިއެވެ. ނަމަވެސް އެކަމަނާއަށް އެ ބަލި ޖެހިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ