ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ މިދަނޑިވަޅުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީއިން) ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ނިންމައިފިއެވެ.
އެޗްއީއޯސީއިން މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުން އަންނަނީ ރޭގަނޑު 10:00 ގައެވެ. ނަމަވެސް މިއަދު ހަވީރު 4:00ގައި ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ތާވަލް ކޮށްފައެވެ. މިއީ މިފަހަކަށް އައިސް ދުވާލުގެ ގަޑިއެއްގައި ކޮވިޑްގެ ހާލަތާއި ގުޅޭގޮތުން ބާއްވާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނޫސްވެރިންގެ ބައްދަލުވުމަކީ މުހިންމު އެންގުންތަކާއި މައުލޫމާތުތަކެއް ރައްޔިތުންނަށް ދިނުމަށް ބާއްވާ ބައްދަލުވުމެކެވެ.
މީގެ ކުރިންވެސް ހެލްތް މިނިސްޓްރީން ވަނީ މުހިންމު އެންގުންތައް އެންގުމަށް ރޭގަނޑު 11 ޖަހާއިރާއި މެންދުރުވެސް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާފައެވެ.
ލޮކްޑައުންއަށް ޖުލައި މަހުގެ 15 ވަނަ ދުވަހު ދިން ލުޔާއެކު، އަނެއްކާވެސް ކޭސްތައް އިތުރުވާން ފެށިއެވެ. އެގޮތުން އެޗްޕީއޭގެ އަދަދު ތަކަށް ބަލާއިރު މިދިޔަ މަހުގެ 20 ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 2999 އެވެ. 16 ދުވަސް ހަމަވެފައި ވާއިރު އެ އަދަދު ވަނީ 4293 އަށް އަރާފައެވެ.
ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 19 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 5 ބިދޭސީންނެވެ. 14 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 7 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.
އެޗްއީއޯސީގެ ކުއްލި ޕްރެސް ކޮންފަރަންސެއް މިއަދު ހަވީރު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ