ހައިކޯޓުގެ އިސްފަނޑިޔާރަކަށް ޝަހީދު އައްޔަނުކޮށްފި

ރާއްޖޭގައި ހައި ކޯޓުގެ އިސްފަޑިޔާރަކަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަނުކުރައްވައިފި އެވެ.
ހައިކޯޓުގެ އިސްފަޑިޔާރަކަށް އަލްއުސްތާޛު ޙުސައިން ޝަހީދު ރަސްމީކޮށް އައްޔަނުކުރައްވާފައިވަނީ މިއަދު އެވެ. އެގޮތުން އައްޔަނުކުރެއްވި ކަމުގެ ރަސްމީ ލިޔުން ފަޑިޔާރު ޝަހީދު އާއި ހަވާލުކޮށްދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސާ ހިސާން ހުސެއިން އެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު ހަމަޖެއްސުމަށް ނިންމީ 25 އޮކްޓޫބަރު 2023 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ 68 ވަނަ ޖަލްސާގައި އެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދުއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓަރސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ބެޗެލަރސް ޑިގްރީ އިން ޝަރިޢާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. 2014 ނޮވެމްބަރު 26 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުވާކުރެއްވި އަލްއުސްތާޛު ޙުސައިން ޝަހީދުއަކީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ޤާޟީކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ