މެޑްރިޑް (ނޮވެމްބަރު 25) - ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯއާ މައްސަލަ ޖެހި އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ނުކުރަން ބްރެޒިލްގެ ތަރި، ވިނީޝިއުސް ޖޫނިއާ ނިންމާފައިވާ ކަމަށް އެތުލެޓިކް ނޫހުން ރިޕޯޓްކޮށްފި އެވެ.
މިދިޔަ އަހަރު ފީފާ އިން ހޮވި އެންމެ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ވިނީޝިއުސް، 25،އާ އެކު، ރެއާލުން ހަދާފައި އޮތް ކޮންްޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށެވެ. އަދި، މި ސީޒަން ފެށި ފަހުން، ކޮންޓްރެކްޓް އާ ކުރަން ރެއާލުން ކުރި މަޝްވަރާތައް އޮތީ މަޑުޖެހިފަ އެވެ. ވިނީޝިއުސް، ބޮޑު މުސާރަ އަކަށް ޑިމާންޑްކުރާތީ، ރެއާލުން އެކަމާ އަދި ގޮތެއްނުނިންމަ އެވެ.
ރެއާލްގެ ކޯޗު އަލޮންސޯގެ ޕްލޭނުގައި ވިނީޝިއުސް އަކީ ގިނަ މެޗުތަކުގައި ފުރަތަމަ އެގާރައިން ފުރުސަތު ލިބޭ ކުޅުންތެރިއެއް ނޫނެވެ. އެކަމާ ވިނީޝިއުސްގެ ހިތްހަމަނުޖެހުންތަކެއް އަލޮންސޯއާ ދެމެދު އުފެދިފައިވާ ކަމަށް ސްޕެއިނުގެ ނޫސްތަކާއި އެތުލެޓިކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މައްސަލަ އިތުރަށް ގޯސްވެ، ވިނީޝިއުސް މިހާރު ވަނީ ރެއާލްގެ ކޮންޓްރެކްޓް އާ ނުކުރާނެ ކަމަށް އެ ކްލަބްގެ މެނޭޖްމަންޓަށް އަންގާފައި ކަަމަށް އެތުލެޓިކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި، ކަންކަން މި ހިސާބަށް ދިޔައީ، އަލޮންސޯގެ ޝަކުވާ ހިފައިގެން، ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ގާތަށް ވިނީޝިއުސް، ޕްރައިވެޓް ބައްދަލުވުމަކަށް ދިއުމުން ވެސް އޭނާ ބޭނުންވާ ހައްލެއް ކަންކަމަށް ނާންނާތީ ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައިވެ އެވެ.
ރެއާލުން ވިނީޝިއުސް ވިއްކާނަމަ ވިއްކާނެ އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 300 މިލިއަން ޑޮލަރު އެވެ.
އަލޮންސޯއާ މައްސަލަަ ޖެހި ވިނީޝިއުސް ރެއާލްގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމައިފި: ރިޕޯޓް އަލޮންސޯއާ މައްސަލަަ ޖެހި ވިނީޝިއުސް ރެއާލްގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމައިފި: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ