ޓިމްބާ ހައުސްގެ ފަހުރުވެރި 20 ވަނަ އަހަރީ ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފި އެވެ.
ވީ ކިހިނެއް - މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މީރުމާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ މުވައްޒަފުންގެ ތެެރެއިން ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަނީ ވަޒަންކޮށްފަ އެވެ.
ތަފްސީލް - އެ ރަސްމިއްޔާތުގައި ޓިމްބާ ހައުސްގެ ޑިރެކްޓަރު އަދި ކޯ-ފައުންޑަރު މަރިޔަމް އާދިޔާ ވަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން އަދި އިމާރާތްކުރުމުގެ މެޓީރިއަލްސް ދާއިރާއަށް އެ ކުންފުނިން ފާއިތުވި 20 އަހަރު ތެރޭ ކޮށްފައިވާ ހިދުމަތް ފާހަގަކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި:
ޓިމްބާ ހައުސްގެ ކޮމިއުނިޓީ ފޯކަސްޑް ގްރީން އިނިޝިއޭޓިވް އިއުލާން ކޮށްފައިވޭ
އެ ކުންފުނިން ތިމާވެއްޓަށް ދޭ އަހައްމިޔަތުކަމުގެ ދަށުން ސަރުކާރުގެ 5 މިލިއަން ގަސް ޕްރޮޖްޓަށް، ގަސް ހަދިޔާކޮށްފައިވޭ
ޓިމްބާ ހައުސް ފެށުނީ ހާއްސަ ތަސައްވުރަކާ އެކުގަ އެވެ. އެ ތަސައްވުރަކީ ރާއްޖޭގެ ވިޔަފާރީގެ ހުރިހާ ދާއިރާތަކުގައި ބޭނުންވާ ލަކުޑީގެ ބާވަތްތަކުގެ ސަޕްލައިއަށް ރަނގަޅު ގޮތުގައި ހިދުމަތް ދިނުމެވެ. މި މަސައްކަތާ އެކު ޓިމްބާ ހައުސް އިން ވަނީ ރާއްޖޭގެ ލަކުޑި ސަޕްލައި ކުރުމުގެ ސިނާއަތަށް އިންގިލާބެއް ގެނެސްފަ އެވެ.
ދެހާސް ހަތަރު ވަނަ އަހަރު އުފެދުނު ޓިމްބާ ހައުސް އިން ވަނީ ރާއްޖޭގައި ލަކުޑި އާއި އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި އެންމެ އިތުބާރު ހިފޭ އެއް ކުންފުންޏަކަށް ވެފަ އެވެ. އެގޮތުން، ފެންވަރު ރަނގަޅު އުފެއްދުންތަކާ އެކު މި ސިނާއަތުގެ ވަރުގަދަ ނަމަކަށް ޓިމްބާ ހައުސް ވަނީ ވެފަ އެވެ.
ޓިމްބާ ހައުސްއަށް 20 އަހަރު: މުވައްޒަފުންގެ އަގު ވަޒަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ