އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ދެމަފިރިއަކު ނިޔާވެފައި ތިއްބާ ފެނިއްޖެ
އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ދެމަފިރިއަކު ނިޔާވެފައި ތިއްބާ ފެނިއްޖެ އެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި އެއް ގެއެއްގައި އަންހެނަކާއި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިގެން، އެ ދެ މީހުން ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.އެ ދެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައިނުވެ އެވެ.ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހިތަދޫގެ ގެއެއްގައި ދެ މީހަކު މަރުވެފައި އޮތް މައްސަލައެއް ހުށަހަޅައިފައިވާ ކަމަށާއި އެ ރިޕޯޓާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.އެ ދެ މީހުންގެ މަރާ ގުޅޭ ގޮތުން އެ މުއައްސަސާއިން ވެސް މިހާތަނަށް އިތުރު މައުލޫމާތެއް ހިއްސައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ