މާދަމާ އިން ފެށިގެން މޫސުން ގޯސްވާނެ، ވިއްސާރަކޮށް ކަނޑުތައް ގަދަވެ އުދަ އަރާފާނެ

މާދަމާ އިން ފެށިގެން މޫސުން ވަަރަށް ބޮޑަށް ގޯސްވެދާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ -- މެޓުން ބުނެފި އެވެ.
މެޓް އޮފީހުން ނެރެފައިވާ އެލާޓެއްގައި ބުނީ މާދަމާ އިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަަހު ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދާވާނެ ކަމަށް ބެލެވޭ ކަމަށެވެ. މި ދުވަސްތަކުގައި ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑު ބަޔަކަށް ވިއްސާރާނެ ކުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މެޓް އޮފީހުން ބުނީ ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށެވެ. އަދި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާ ކަނޑުތައް, ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ
އެހެން ކަމުން ދަތުރުވެރީން މޫސުމަށް ސަމާލުވެ ދަތުރަށް ފުރުމުގެ ކުރީން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ