އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރުގެ ބައްޕަގެ ތުނބުޅީގައި ޗިލީ ސޯސް ޖަހައި ބޭލީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނޫން ގޮތެއް ހޯދަން އުޅުމުން ކަމަށް އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ރައީސް މައުމޫން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުގެ ވެރިކަމުގައި ކުށްވެރިން އަނދަގޮޑި ޖެހުން ހުއްޓުވައިލިކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
އަމްރު ވިދާޅުވިގޮތުގައި މައުމޫންގެ ވެރިކަމުގައި އޭނާގެ ބައްޕަ ޖަލަށްލީ މައުމޫނުގެ ނަންފުޅު ނޫން އެހެން ނަމެއް ރައްޔިތުންނާ ހަމަޔަށް ގެންނަން ރައްޔިތުންގެ މަޖިލިސް ތެރެއިން މަސައްކަތް ކުރުމުންނެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދު ޖަލަށް ލައި އެމަނިކުފާނަށް އަނިޔާ ނުކުރައްވާ ކަމަށް މައުމޫނު ވިދާޅުވުމާގުޅިގެން އެކަމަށް ވެސް އަމްރު ވަނީ ރައްދު ދެއްވާފައެވެ. އަމްރު ވިދާޅުވީ ރައީސް ނަޝީދަށް ވެސް އެތައް ބޮޑެތި އަނިޔާތަކެއް ރައީސް މައުމޫނުގެ ވެރިކަމުގައި ކުރިކަން އިނގޭ ކަމަށެވެ.
ރައީސް މައުމޫނަކީ އަނިޔާވެރި ރައީސެއްގެ ގޮތުގައި މުޅި ރާއްޖެ ގުގުމައިގެންދާވަރަށް ވާހަކަފުޅު ދެއްކެވީ ރައީސް ނަޝީދެވެ. އެގޮތުން އެމަނިކުފާނު ވަނީ މައުމޫނާ ދެކޮޅަށް ގިނަ ލިޔުންތަކެއް ލިޔުއްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މައުމޫނާ ދެކޮޅަށް އެމްޑީޕީއިން ނިކުތީ އަނިޔާވެެރިކަމާ ދެކޮޅަށް އަދި ބަދަލަކަށް ނަޝީދަށް ވޯޓު ހޯދުމަށެވެ. އެހެން ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ފުރޮޅައިލުމަށް އެދެބޭފުޅުން ގުޅިވަޑައިގަންނަވައި، އެމްޑީޕީ ހަރުގޭގައި މައުމޫނަށް ހާއްސަކޮށްފައިވާ ލަވައެއް ކަމަށްވާ ”ތިޔައީ ޒައީމޭ“ ލަވަ ބާރަށް ޖެހީއެވެ.
ޗިލީ ސޯސް ޖަހާ ބައްޕަގެ ތުނބުޅި ބޭލީ މައުމޫން ނޫން ގޮތެއް ހޯދަން އުޅުމުން: އަމްރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ