ސަލަފުން، އިސްލާމީ އިމުގެތެރެއިން އީދު ފާހަގަކުރި ރަށްތަކުގެ އަގު ވަޒަން ކޮށްފި

މި އަހަރުގެ އަޟްޙާ ޢީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކޮށްފައިވާ ރަށްރަށާައި ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކުގެ އަގު ވަޒަންކޮށް ޖަމްޢިއްޔަތުއްސަލަފުން އެފަރާތްތަކަށް ހަނދާނީ ލިޔުންދީފިއެވެ.
ސަލަފުން ރޭ ބޭއްވި ހަފުލާއެއްގައި ވަނީ 8 ފަރާތަކަށް ހަނދާނީ ލިޔުން ދީފައެވެ. މި ހަފްލާގައި ހަނދާނީ ލިޔުން ލިބުނު ފަރާތްތަކަކީ އދ.ދަނގެތި ޖަމްޢިއްޔަތުލް ޤަލަމް، ގާފަރު ކައުންސިލް ،ހދ.ނޮޅިވަރަމު ޖަމްޢިޔަތުލް ރިސާލަ، ރ. ކިނޮޅަސް ކައުންސިލް، ދ.ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އާއި އެރަށުގެ ބްރަދާސް އެކަޑަމީ އަދި ހދ. ވައިކަރަދޫ ކައުންސިލު، ނަޑެެއްލާ އައިލެންޑް ޑެވެލޮޕްމެންޓ ސޮސައިޓީއެވެ.
ސަލަފުން، އިސްލާމީ އިމުގެތެރެއިން އީދު ފާހަގަކުރި ރަށްތަކުގެ އަގު ވަޒަން ކުރުން -- ފޮޓޯ: ވޮއިސް
މި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާން އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފެވެ.
ދިވެހީންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ ޖަމިއްޔަތުއްސަލަފުން ގެންދިޔައީ އިސްލާމީ އުސޫލުގެ ތެރެއިން އީދު ފާހަގަ ކުރުމަށް ހުރިހާ ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކަށް ގޮވާލަމުންނެވެ.
އެކަމަށް ހޭލުންތެރިކުރުވުމަށް “އިމުގެތެރެއިން” ނަމުގައި ބޮޑު ކެމްޕެއިނެއް ވެސް ހިންގި އެވެ. އަދި ހޭލުންތެރި ކުރުމުގެ ފޯރަމްތައް ބޭއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ