ދިވެހި ފުޓުބޯޅަ ކަލަންޑަރު ހަފުތާއެއްތެރޭ ފައިނަލްކުރަނީ
ރާއްޖޭގެ ފުޓުބޯޅަ ކަލަންޑަރު ހަފުތާއެއްގެ ތެރޭގައި ފައިނަލްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އައު ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ. މަގާމާ ހަވާލުވުމަށްފަހު ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ޠާރިޤު ވިދާޅުވީ ކުރިޔަށް އޮތް ހަފުތާގައި ކުލަބުތަކާއި އެކްސްކޯއިން ވާހަކަދައްކައިގެން ކަލަންޑަރު ފައިނަލްކޮށް، ކުރިޔަށްދާނެ ގޮތް އެނގޭނެ ކަމަށެވެ. ދެ އަހަރެއް ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭ ގޮތަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމު ހަމައަކަށް އެޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިދިޔަ ހޮނިހިރު ދުވަހު އެފްއޭއެމްގެ ހިންގުމާ ހަވާލުވި، ތޯރިގް ބުނީ އާ ފުޓްބޯޅަ ކަލަންޑަރުގެ ޑްރާފްޓް އެކުލަވާލައި ނިމިފައިވާ ކަމަށެވެ. ޓޮމްގެ ޕްލޭނުގައިވާ ގޮތުން ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައެވެ. އަދި މާލެ ފިޔަވައި އަނެއް ހަތަރު ޒޯނުގައި އަތޮޅު މުބާރާތް ކުޅެ ރީޖަނަލް ލީގެ ކުޅޭނެއެވެ. މިއަހަރު ފަށާ ސީޒަނަށް ފަހު ދެން އަންނަ ސީޒަނުގައި ބާއްވާ ލީގަށް އަތޮޅުތެރެއިން ޓީމުތައް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ތޯރިގް ވިދާޅުވިއެވެ. ރާއްޖެ ބަހާލާ ހަތަރު ޒޯނު ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ) ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ، އއ، އދ، ވ، މ، ފ، ދ) ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލަށް ސިޓީ، އައްޑޫ ސިޓީ) މާލެ ރީޖަނަލް ފުޓްބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ