އޮޒެންއާއި ހާޑް ރޮކަށް ރަނގަޅު ފެށުމެއް
ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޓެކާސް ދިރާގު ރިސޯޓު ކަޕް 2025ގެ ސައުތު ކާފު ޒޯނުގެ ގްރޫޕް ބީގައި އޮޒެން ލައިފް މާދޫ އާއި ހާޑް ރޮކް ހޮޓެލްއިން ފެށުން ރަނގަޅުކޮށްފިއެވެ. ކްރޮސްރޯޑްސްގައި ކުރިއަށްދާ މި މުބާރާތުގައި އޮޒެން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ ޖޭޑަބްލިއު މެރިއަޓްއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި އޮޒެންގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު މާއިލް އަރީފާއި މޫސާ ނައިސާނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޒެންގެ މުޙައްމަދު މާއިލް އަރީފެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު މާއިލް އަރީފަށް އިނާމުދެނީ-- ފޮޓޯ: ޓެކާސް ދެވަނަ މެޗު ހާޑް ރޮކް ހޮޓެލް ކާމިޔާބުކުރީ ސާއީ ލެގޫން މޯލްޑިވްސްއާ ވާދަކޮށް 5-0 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގައި ހާޑް ރޮކްގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ މުޙައްމަދު ސުހެއިލެވެ. ސާއީ ލެގޫން އާއި ހާޑް ރޮކްގެ މެޗުގެ ތެރެއިން-- ފޮޓޯ: ޓެކާސް ދެން އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އުމެއިޝް އަބްދުލްޤައްޔޫމާއި މުޙައްމަދު އައިލަމް އަބްދުﷲ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހާޑް ރޮކްގެ މުޙައްމަދު ސުހެއިލެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ހާދް ރޮކުގެ ސުހެއިލް-- ފޮޓޯ: ޓެކާސް މުބާރާތުގައި މާދަމާވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެނބޫދޫ ވިލެޖާއި ދަ މެރީނާ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެސްއޯ މޯލްޑިވްސްއާއި ސަން ސިޔާމް އޮޅުވެއްޔެވެ. ސައުތު ކާފު ޒޯނު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ދަ މެރީނާ، އެސްއޯ މޯލްޑިވްސް، ސަން ސިޔާމް އޮޅުވެލި، ވެލައްސަރު މޯލްޑިވްސް އަދި އެނބޫދޫ ވިލެޖެވެ. ގްރޫޕް ބީގައި ހިމެނެނީ ޖޭ ޑަބްލިއު މެރިއަޓް، އޮޒެން ލައިފް މާދޫ، ސާއީ ލެގޫން މޯލްޑިވްސް އަދި ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އެވެ. މި މުބާރާތުގެ ސްޓްރީމިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ. މުބާރާތުގެ މެޗުތައް ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ