މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޒަމްޢަތު އަހުމަދު ވަޙީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބްރޯޑްކޮމް އަށް މެމްބަރަކު ޢައްޔަނުކުރުމަށް ނަމެއް ފާސްކުރުމަށް މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި، ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާޤުން ޒަމްޢަތު އައްޔަން ކުރުމަށް ވޯޓުދެއްވިއެވެ.
މި މަޤާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެންމެ މަތީ މާކުސް ދީފައި ވަނީ ވެސް ޒަމްޢަތަށެވެ.
ބްރޯޑްކޮމްގެ މެންބަރު އާމިނަތު އަމީނާ (އަނާ) މަޤާމުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހު ހަމަވާތީ، އެ މަޤާމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 6 ބޭފުޅެއްގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވިއެވެ.
ބްރޯޑްކޮމްއަކީ 7 މެންބަރުން ހިމެނޭ ކޮމިޝަނެއް ކަމަށްވާއިރު، މެންބަރުން އައްޔަން ކުރެވެނީ 5 އަހަރު ދުވަހުގެ ދައުރަކަށެވެ.
މިހާރު ކޮމިޝަނުގައި ތިއްބެވި 6 މެންބަރުންގެ ތެރޭގައި ހިމެނެނީ ކޮމިޝަނުގެ ރައީސް ޞަފާ ޝަފީޤާއި، ނައިބު ރައީސް ޝިފްލާ އިބްރާހީމާއި، މެންބަރުންކަމަށްވާ އާމިނަތު ނުޒުހާއާއި، މުޙައްމަދު އަބްދުﷲ (މުހައްމާ) އާއި އަހުމަދު ރިޟްވާނުގެ އިތުރުން އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ބްރޯޑްކޮމް އަށް ޒަމްޢަތު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ