ހިމަންދޫ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި ރޯވެ އަނދައި ހުލިވެއްޖެ

އއ. ހިމަންދޫ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެ އަނދާ ހުލިވެ އަޑިއަށް ހިނގައްޖެއެވެ.
ރޯވެފައިވަނީ މާލެ ދަތުރުކުރާ ކައެލް ވިންގް ނަމަކަށް ކިޔާ ލޯންޗެއްގައެވެ.  އެއީގާތްގަނޑަކަށް 50 މީހުންގެ ޖާގައިގެ އެ ލޯންޗަކީ އއ. މާޅޮސް، ހިމަންދޫ އަދި ފެރިދުއިން މާލެ ދަތުރުކުރާ ލޯންޗެކެވެ. 
ހިމަންދޫއިން ވޮއިސް އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ލޯންޗުގައި ރޯވީ ބާރުގަދަ އަޑެއް އިވުމަށްފަހުގައެވެ. އަދި އެ އަޑު އިވުނީ ލޯންޗު ސްޓާޓް ކުރަން އުޅުނު ވަގުތުގައި ކަމަށްވެސް ބުންޏެވެ.
Advertisement
”ވަރަށް ބާރު އަޑެއް އިވުނީ. މުޅި ރަށަށް ކަހަލަ ގޮތަކަށް އެ ގޮވުމުގެ އަޑު އިވުނު ކަމަށްވަނީ.“
ލޯންޗުގައި ރޯވުމުން ކައިރީގައި ހުރި އެހެން ލޯންޗުތައް ދުރަށް ޖައްސާފައިވާ ކަމަށާ ނަމަވެސް، އަލިފާން ރޯވި ލޯންޗު މިހާރު އަޑިއަށް ގޮސްފައިވާ ކަމަށް ވޮއިސް އަށް މައުލޫމާތު ދީފައިވެއެވެ. 
މި ހާދިސާގައި މީހަކަށް އަނިޔާވިކަން އަދި ސާފު ނުވި ނަމަވެސް، ގޮވުމުގެ އަޑާއެކު، ެެ ލޯންޗުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނެއް ހޭނެތުނު ކަމަށާ، އެހެން ކަމުން އޭނާއަށް ފަރުވާ ދިނުމަށް ހެލްތު ސެންޓަރަށް ގެންދެވުނު ކަމަށް މައުލޫމާތު ދީފައިވެއެވެ. 
އެ ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، ހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ