އޭސީސީގެ ނައިބުރައީސް ކަމަށް އަބްދުﷲ ނާޝިދު އައްޔަންކުރަން ރުހުންދީފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް ކަމަށް އަބްދުﷲ ނާޝިދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.އޭސީސީގެ ނައިބުރައީސް ކަމަށް އަބްދުﷲ ނާޝިދު އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 69 މެންބަރުންގެ އިއްތިފާގުންނެވެ.އޭސީސީގެ ނައިބުރައީސް ކަމަށް އައްޔަންކުރަން ރައީސް މުއިއްޒު ވަނީ އެ ކޮމިޝަންގެ މެންބަރު އަހުމަދު ނާޝިދުގެ ނަންވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލު ކުރައްވާ އޭސީސީގެ ނައިބުރައީސްގެ މަގާމަށް އަބްދުﷲ ނާޝިދު އައްޔަންކުރަން ނިންމަވާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ މައްސަލަ ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ މިމަހުގެ 11 ވަނަ ދުވަހު އެވެ.އޭސީސީގެ މެންބަރު ކަމަށް އަބްދުﷲ ނާޝިދު އާއި އަހުމަދު ނާޝިދު އައްޔަންކުރެއްވީ މިދިޔަ ޖެނުއަރީ މަހު އެވެ.އޭސީސީގެ ރައީސަކީ އާދަމް ޝާމިލެވެ. އޭނަ އެ ކޮމިޝަނަށް އައްޔަންކުރީ 2022 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ