އިޒްރޭލުން ފަލަސްތީނުގެ ގައްޒާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ހުއްޓުވައި އިޒްރޭލު މައިތިރިކުރަން ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފި އެވެ.
ތަފްސީލް - ރައީސްގެ ރަސްމީ "އެކްސް" އެކައުންޓުން ރޭ ކުރެއްވި ޕޯސްޓެއްގައި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ކެނޑިނޭޅި ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވައި އެ ހަމަލާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވާފައިވެ އެވެ.
އެ މަނިކުފާނުގެ މެސެޖުގައި، "ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކާ އެއްގޮތަށް، ފަލަސްތީނުގެ އާންމު ރައްޔިތުންގެ ފުރާނަ ހިމާޔަތްކުރުމަށް ފިޔަވަޅުތައް އަޅަންޖެހޭ" ކަމަށް ފާހަގަކުރައްވާފައިވެ އެވެ. މީގެ އިތުރުން:
އިޒްރޭލުން ހިންގަމުންދާ މި ނުބައި އަމަލުތަކަށް އެގައުމު ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި
އެ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ބާރުއެޅުމަށް ވެސް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައިވޭ
ފަލަސްތީނުގެ މައްސަލައަކީ ރާއްޖެއިން އަބަދުވެސް ވަރަށް ބޮޑު އަހަންމިއްޔަތިކަމެއް ދީގެން ކައިރިން ބަލަމުން އަންނަ މައްސަލައެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
އިޒްރޭލުން ވަނީ އިއްޔެއިން ފެށިގެން ގައްޒާއަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަކޮށް 100އަށް ވުރެ ގިނަ ފަލަސްތީނު މީހުން މަރާލައިފަ އެވެ. އަދި ގައްޒާއަށް ކާބޯތަކެއްޗާއި ބޭސް ނުވެއްދޭ ގޮތަށް އެ ސަރަހައްދު އިޒްރޭލުން ހިސޯރުކޮށްފައިވުމުން ގައްޒާ ވަނީ ކާބޯތަކެއްޗާއި ބޭހަށް ޖެހި ހާލަތު ވަރަށް ގޯސްވެފަ އެވެ.
އިޒްރޭލުން ވައިގެ މަގުން ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު އެ ގައުމުން ވަނީ
އިޒްރޭލު މައިތިރިކޮށް ހަމަ މަގަށް އަޅުވަން ރައީސް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ