ދިރާގު ތަށިބަރި މޫވްމަންޓް މި ރޯދަ މަހު ވެސް ފޯރިއާ އެކު ކުރިއަށް

ދިވެހިންގެ ތެރޭގައި މަގުބޫލު ދިރާގު ތަށިބަރި މޫވްމަންޓް މި ރޯދަ މަހު ވެސް ފޯރިއާ އެކު ކުރިއަށްދާ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.
ތަފްސީލް - މި ރޯދަ މަހު ދިރާގުގެ ޓީމުތަކުން އަންނަނީ މަގުމައްޗަށް ނުކުމެ، ދިރާގު ތަށިބަރިތައް އާންމުންނަށް ހަދިޔާކުރަމުންނެވެ. މީގެ ތެރޭގައި، އެކި އުމުރުފުރާތަކުގެ މީހުން ހިމެނެ އެވެ.
މި ތަށިބަރިތައް ލިބޭ ފަރާތްތަކުން އަންނަނީ މި އާދަކާދަ ދަމަހައްޓައި އެ ތަށިބަރި އެހެން ފަރާތްތަކަށް ފޯރިއާ އެކު ހަދިޔާކުރަމުންނެވެ.
ބުނީ ކީކޭ؟ - ދިރާގުން 2017ގައި މި ހަރަކާތް ފަށައިފައިވަނީ ދިވެހިންގެ ތެރޭގައި ކުރިން އޮތް އެއް ގެއިން އަނެއް ގެއަށް ތަށިބަރި ފޮނުވުމުގެ އާދަކާދަ ދިރުވުމުގެ މަގުސަދުގަ އެވެ. މިހާރު ދިރާގު ތަށިބަރި މޫވްމަންޓް ވެފައި ވަނީ ދިވެހިންގެ ތެރޭގައި މަގުބޫލު، މި ހަރަކާތާ ނުލާ ރޯދަ މަސް ފުރިހަމަ ނުވާނެ ފަދަ ހަރަކާތަކަށްކަން އެ ކުންފުނިން ފާހަގަކުރި އެވެ.
މީގެ އިތުރުން، އެހެން ކުންފުނިތަކާއި އޮފީސްތަކުން ވެސް ވަނީ ދިރާގުން މި ދެއްކި މިސާލު ބަލައިގަނެ، އެ ފަރާތްތަކުގެ އަމިއްލަ ތަށިބަރި ހަރަކާތްތައް ފަށާފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ގުޅުން ހުރި - ދިރާގުން އަންނަނީ ރޯދަ މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ