މި ރޯދަ މަހުގެ ފަހު 10އަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު މެދުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ ޖަލްސާ ނިންމާލައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި ގޮތުގައި، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނަނީ އަންނަ މަހު 7 ވަނަ ދުވަހު އެވެ.
އަންނަ މަހު 7 ވަނަ ދުވަހަކީ ރޯދަ މަސް ނިމި ހަ ރޯދައަށް ފަހު އެވެ.
ފާހަގަކޮށްލެވޭކަމެއް - މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށީ މިދިޔަ ފެބްރުއަރީ މަހު ކުރީކޮޅެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މި ދައުރު ނިމޭނީ އަންނަ 15 މެއިގަ އެވެ.
ފަހު 10އަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލިއިރު، މުޅި ރޯދަ މަހަށް އެއްކޮށް ޖަލްސާތައް ނުބާއްވާ ގޮތަށް ޕީއެންސީގެ ޕީޖީން މީގެ ކުރިން މަސައްކަތް ކުރި އެވެ. އެގޮތަށް ކޮމިޓީން ފާސްކުރި ނަމަވެސް ފަހުން ޕީއެންސީ ޕީޖީގެ ވިސްނުން ބަދަލު ކުރި އެވެ.
މަޖިލީހުގެ ޖަލްސާތައް ރޯދައިގެ ފަހު 10އަށް މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ