މެންބަރުން އަޑުގަދަ ކުރަން ފެށުމާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތަކުރާރުކޮށް މެންބަރުންނަށް އަންގާފަ އެވެ.
މިދައުރަށް ރައްޔިތުންގެ މަޖިލީސް ފެށުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެށުމާއެކު އިދިކޮޅު މެންބަރުން އަޑުގަދަ ކުރަން ފެށުމުން އެ މެންބަރުންގެ ނަންނަ އިއްވައި، ޖަލްސާ މެދުކަނޑާލައިފި އެވެ.
ރައީސް ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު މެންބަރުން ވަނީ ކޮޅަށް ތެދުވެ، އަޑުގަދަ ކުރަން ފަށައިފަ އެވެ. އިދިކޮޅު އެމްޑީޕީ މެންބަރުން މިއަދު ޖަލްސާއަށް ހާޒިރުވެފައި ވަނީ ނުރަސްމީ ހެދުމުގަ އެވެ. މެންބަރުން ދިޔައީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.މެންބަރުން އަޑުގަދަ ކުރަން ފެށުމާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތަކުރާރުކޮށް މެންބަރުންނަށް އަންގާފަ އެވެ.ނަމަވެސް މެންބަރުން އަޑުގަދަކުރުން ނުހުއްޓުމުން އަބްދުއްރަހީމް އެންމެ ފުރަތަމަ އިއްވެވީ ގަލޮޅު ދެކުނު ދައިރާގެ މެންބަރު މީކާއިލް ނަސީމް ނަމެވެ. އޭގެ ފަހުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އާއި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނަން ވަނީ އިއްވާފަ އެވެ.އެ މެންބަރުން މަޖިލީހުގެ ތަޅުމުން ވަޑައިގަންނަންދެން ޖަލްސާ ވަނީ މެދުކަނޑާލާފަ އެވެ. ރިޔާސީ ބަޔާން ކުރިއަށްދާނީ އެ މެންބަރުން ތަޅުމުން ނުކުތުމުން ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އިދިކޮޅު މެންބަރުން އަޑުގަދަކުރަން ފެށުމުން ނަން އިއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ