މިއަހަރު ރާއްޖޭގެ 65 ރަށެއްގައި އީދު ލައިޓު ދިއްލާނެކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ

މިއަހަރުގެ އަޟްހާއީދު ފާހަގަކުރުމަށް ރާއްޖޭގެ 65 ރަށެއްގައި ލައިޓު ދިއްލާނެކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ ބޮޑު އީދުގައި، 1445 ވަނަ އަހަރު އީދު ލައިޓް ފޮނުވި 29 ރަށާއި 1446 ވަނަ އަހަރު އީދު ލައިޓް ފޮނުވި 36 ރަށާއެކު ޖުމްލަ 65 ރަށުގައި އީދު ލައިޓު ދިއްލާނެކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ އީދު ފާހަގަކުރާއިރު އިސްލާމީ ގިއުގަނޑުގެތެރޭގައި އީދު ފާހަގަ ކުރުމަށް އިލްތިމާސްކޮށްފައެވެ.
މިއަހަރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނައިރު ސިޓީ ކައުންސިލުތަކާއި ކަމާއި ގުޅުން ހުރި އެހެން އިދާރާތައް ގުޅިގެން އީދު ލައިޓު ހަރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިދިޔަ އަހަރު އަޟްހާ އީދުގައި ވަނީ ސިޓީތަކާއި އަތޮޅުގައި ވެރިކަން ކުރާ ރަށްތަކަށް އީދު ލައިޓާ ގިޑިގެތަކުން ދިއްލާފައެވެ. އަދި މިއަހަރު ފިތުރު އީދު ދުވަހުވެސް ބައެއް ރަށްތައް ދިއްލާލާފައިވާއިރު، ރާއްޖޭގައި ފާހަގަކުރާ އެކި އެކި މުނާސަބު ދުވަސްތަކާއި ގުޅިގެންވެސް ލައިޓު ދިއްލަމުން އަންކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ