ދިރާގުން ބޮޑު އީދަށް ހާއްސަ އޮފަރތަކެއް ތަޢާރަފުކޮށްފި

ދިރާގުން މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައި ބޮޑު އީދަށް ހާއްސަކޮށްގެން ތަފާތު އޮފަރތަކެއް އަގުހުރި އިނާމުތަކާއެކު ތަޢާރަފުކޮށްފިއެވެ.
ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް، ޙަސަން ޝާރިޙް އާދަމް ވިދާޅުވި ގޮތުގައި މި އޮފަރތަކުގެ މަޤްޞަދަކީ އީދު ފާހަގަކުރުމުގައި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން ތަފާތު އަގުހުރި ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި މި އޮފަރތަކުގެ އެހީގައި އާއިލާއާއި ރައްޓެހިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެ، އީދުގެ އުފާ އެކަކު އަނެކަކާ ހިއްސާކުރުމަށް އިތުރަށް މަގުފަހިކޮށްދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ތަޢާރަފުކޮށްފައިވާ އޮފަރތަކުގެ ތެރޭގައި ”ރީލޯޑް އެންޑް ފްލައި“ ޕްރޮމޯޝަން ހިމެނެއެވެ. މި އޮފަރގެ ދަށުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހަފްތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ މަތިން ރިލޯޑްކޮށްގެން 10،000 ރުފިޔާގެ މޯލްޑިވިއަން ޑޮމެސްޓިކް ޓްޓްރެވަލް ވައުޗަރެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، ”އީދު ސްޓްރީމިންގ އެޑްއޮން“ ގެ ދަށުން ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ 20 ރުފިޔާއަށް 25ޖީބީ ސްޓްރީމްކުރުމަށް ލިބޭނެއެވެ. އަދި ”ހަދިޔާކޮށްގެން ހަދިޔާ ހޯދުމުގެ ފުރުޞަތު“ ގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް ހާއްސަ އޮފަރތަކެއް ތަޢާރަފުކޮށްފައިވެއެވެ. މީގެ ތެރޭގައި އިތުރު އަގަކާ ނުލާ މުޅިން ހިލޭ އަޕްގްރޭޑް ކުރެވުމާއި، އަލަށް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ނަގާ ކަސްޓަމަރުންނަށް ސެޓަޕް އަދި ރައުޓަރ މުޅިން ހިލޭ ލިބުން ހިމެނެއެވެ.
މި ހުރިހާ އޮފަރތަކެއް ވެސް 10 ޖޫން 2025ގެ ކުރިން ދިރާގު ކަސްޓަމަރުންނަށް އެކްޓިވޭޓްކުރެވޭނެ ކަމަށް ދިރާގުން މަޢުލޫމާތު ދީފައިވެއެވެ. އަދި މީގެ އިތުރުން ވެސް އީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ދިރާގުން ބައިވެރިވެފައިވާކަމަށްވެސް ބުނެފައިވެއެވެ.
ދިރާގުގެ މި އޮފަރތަކުގެ ތެރޭގައި އިތުރު ގިނަ ޕްރޮމޯޝަންތައް ހިމެނެއެވެ. މީގެ ތެރޭގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ ކޮންމެ އެޑްއޮންއަކާއެކު އިތުރު 25ޖީބީ މުޅިން ހިލޭ ލިބުމާއި، ”ސަޅި ކުއާޓަލީ“ އެޑްއޮން އެކްޓިވޭޓްކޮށްގެން 180ޖީބީ އާއެކު އިތުރު 50ޖީބީ އަދި ދިރާގު ކޯލްތައް މުޅިން ހިލޭ ލިބުން ހިމެނެއެވެ.
5ޖީ ޓަރބޯ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ހާއްސަ އޮފަރެއް ތަޢާރަފުކޮށްފައިވެއެވެ. އެގޮތުން، އަލަށް 5ޖީ ޓަރބޯ ޚިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549 ރުފިޔާއިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ހިލޭ ލިބޭނެއެވެ.
މީގެ އިތުރުން، ދިރާގުއެޕްގެ އީޒޯން މެދުވެރިކޮށް ލަޔަންސްގޭޓްޕްލޭ އެކްޓިވޭޓްކުރާ ފަރާތްތަކަށް ފިލްމު ބަލާލުން މުޅިން ހިލޭ ލިބޭނެ ކަމަށް ވެސް ދިރާގުން ހާމަކޮށްފައިވެއެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެއް ކަމަށް ފާހަގަކޮށްފައިވެއެވެ. މި އީދުގެ މުނާސަބަތުގައި ތަޢާރަފޢާރަފުކޮށްފައިވާ މި އޮފަރތަކަކީ ކަސްޓަމަރުންނަށް އީދުގެ އުފާވެރިކަން އިތުރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ދިރާގުން ބުނެފައިވެއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male‘ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ