ދިރާގު ފުވައްމުލައް ރަން 2025 (ޑީއެފްއާރު) ގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫކުރަން ފަށަން ތައްޔާރުވެއްޖެ އެވެ.
ޑީއެފްއާރުގެ ބިބް އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުގަ އެވެ.
ބިބް އެކްސްޕޯގެ ތެރެއިން ދުވުންތެރިންނަށް ބިބް އަދި ރޭސް ކިޓް ހަވާލުކުރާނެ އެވެ.
• މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް.
• ރޭގަނޑު 8:00 އިން 10:00 އަށް.
• ހެނދުނުގެ 9:00 އިން މެންދުރު 12:00 އަށް.
• މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް.
• ރޭގަނޑު 8:00 އިން 10:00 އަށް.
ބިބް އެކްސްޕޯ މާލޭގައި ކުރިއަށް ގެންދިޔުމަށްފަހު ފުވައްމުލައް ސިޓީގައި އެ އެކްސްޕޯ ކުރިއަށް ގެންދާނީ އެޕްރިލް 30، އަދި މެއި 1، ގައި ފުވައްމުލައް ސިޓީ ކައުންސިލް އޮފީހުގެ ކުރުނދުމާ މާލަމުގަ އެވެ.
• ހެނދުނުގެ 9:00 އިން މެންދުރު 12:00 އަށް .
• މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް.
• ރޭގަނޑު 8:00 އިން 10:00 އަށް.
ދިރާގުން ބުނީ ރޭސް ކިޓް ހަވާލުކުރާނީ ދުވުންތެރިޔާގެ އައިޑީ ކާޑް ނުވަތަ އައިޑީ ކާޑުގެ ފޮޓޯއެއް އަދި ބިބް ނަންބަރު ހުށަހެޅުމުން ކަމަށެވެ.
"ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް އެކުލެވޭ ބިބް، ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނެ،" ދިރާގުން ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އައު އެޑިޝަނެއް ކަމުގައިވާ ދިރާގު ފުވައްމުލައް ރަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މެއި 2، ވާ ހުކުރު ދުވަހެވެ.
ދިރާގު ފުވައްމުލައް ރަން 2025 ގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫކުރަނީ ދިރާގު ފުވައްމުލައް ރަން 2025 ގެ ބިބް އަދި ރޭސް ކިޓް މިއަދު ދޫކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ