ކުރިއަށް ރޯދަމަހާއި އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަނާއި ކެފޭ، ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ހާމަކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެކަމަށެވެ.
އަދި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ރޯދަމަހުގެ ރޭތަކުގައި ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3 އަށް ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުގައި ކަމަށްވެސް އިއުލާނުގައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ، 24 ގަޑިއިރު ހިދުމަތްދިނުމުގެ ހުއްދަ ދޫކުރެވިފައިވާ ތަންތަން ހިމެނޭގޮތަށް، ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުންވެސް ރޯދަމަހާއި އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު އަމަލުކުރަންޖެހޭނީ މި އުސޫލާއި އެއްގޮތަށްކަމަށެވެ.
ރޯދަމަހު ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ހާމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ