ސުލްހަވެރި މުޒާހަރާއިން ބާރުގެ ބޭނުންކޮށްގެން ހައްޔަރު ކުރި ޝިމަން އާއި މަހްޒޫމް މިނިވަން ކުރަން ނަޝީދު ގޮވައިލައްވައިފި ސުލްހަވެރި މުޒާހަރާއިން ބާރުގެ ބޭނުންކޮށްގެން ހައްޔަރު ކުރި ޝިމަން އާއި މަހްޒޫމް މިނިވަން ކުރަން ނަޝީދު ގޮވައިލައްވައިފި

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓުނު ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން ރޭ ހައްޔަރު ކުރި ދެ މީހުން ދޫކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވައިލައްވައިފި އެވެ.
ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދަނިކޮށް ރޭ ހައްޔަރު ކޮށްފައި ވަނީ ސިލްސިލާކޮށް ކުރަމުން އަންނަ އެ މުޒާހަރާތަކުގައި އިސް ދައުރެއް އަދާ ކުރާ އައިޝަތު ޝިމަން އަހުމަދު، 19، އާއި އަބްދުﷲ މަހްޒޫމް މާޖިދު، 28، އެވެ.
ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ ކުރަމުން އަންނަ މުޒާހަރާއިން ޝިމަން އާއި މަހްޒޫމް ހައްޔަރު ކުރީ އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރަމުންދަނިކޮށް ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.
"އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ އަސާސީ ހައްގުގެ ބޭނުން ހިފަމުން ދަނިކޮށް ހައްޔަރު ކުރި ޝިމަން އާއި މަހްޒޫމް ވަގުތުން މިނިވަން ކުރަން އަޅުގަނޑު ގޮވައިލަން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން ނަޝީދު ވިދާޅުވީ، ހައްގުތަކުގެ ދިފާއުގައިި ތެދުވެ ޒުވާނުން ވަކާލާތު ކުރުމަކީ ލިބޭ ހިތްވަރެއް ކަމަށެވެ. އަދި މުޒާހަރާ ކުރާ ޒުވާނުންގެ އަޒުމާއި ހިތްވަރުން އެކްޓިވިޒަމްގެ ބާރު ދައްކުވައިދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ހައްގުތަކުގެ ދިފާއުގައި ތެދުވެ ވަކާލާތު ކުރަން ހިތްވަރު ލިބޭ އަދި އެކަމަށް ބާރު އަޅާ ސަގާފަތެއް ބިނާ ކުރެވުމަކީ ލިބޭ ހިތްހަމަޖެހުމެއް،" ނަޝީދު ވިދާޅުވި އެވެ.
ރޭ މުޒާހަރާއިން ހައްޔަރު ކުރި ދެ މީހުން ދޫކޮށްލަން ނަޝީދުގެ އިތުރުން ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ވެސް ވަނީ ގޮވާލައިފަ އެވެ. އަދި ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާފައިވާތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.
މާލޭގެ މަގުތަކަށް ނުކުމެ ޒުވާނުން މުޒާހަރާ ކުރަން ފެށީ ޔުމްނުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގައި ފާޅުކަން ބޮޑު ހިލާފުތަކެއް ފާޅުވުމުންނެވެ. އެންމެ ބޮޑު މައްސަލައަކީ ފުލުހުން ކިޔައިދީފައިވާ ވާހަކަތައް ދިމާނުވުމެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހުންނާމެދު އާންމު އުސޫލާ ހިލާފަށް ލުއި ގޮތަކަށް އަމަލު ކުރި ކަމަށް ވެސް ފުލުހުންނަށް ތުހުމަތު ކުރެވެ އެވެ.
ޔުމްނު ވެއްޓުނު ރޭ އެންމެ ފަހުން އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ބުނީ ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އެކަމަކު އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ، ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށާއި އެ ރޭ އޭނާއާ ޔުމްނުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ