ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ދޭ ލޯނަށް އެދުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ވީީ ކިހިނެއް؟ - އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 5 އިން 10އާ ހަމައަށް ކިޔެވުމަށް އަދި ލައިސަންސް ހޯދުމަށް ކިޔެވުމަށް 500 ލޯނު ފުރުސަތަށް އެދެން ހުޅުވާލާ ކަމަށެވެ.
ތަފްސީލް - ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
މި ފުރުސަތުގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އަދި މިހާރު ވެސް ކިޔަވާ ދަރިވަރުންނަށް ލޯނަށް އެދެވޭނެ އެވެ. އެގޮތުން:
އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ ލޯނުގެ ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑިއާ ހަމައަށް މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔެވުމަށް ރަޖިސްޓްރީވެފައި ނުވާ ނުވަތަ ޓިއުޝަން ފީ ދައްކާފައި ނުވާ ދަރިވަރުން
މިހާރު ކިޔަވަމުންދާ މީހުންގެ ގޮތުގައި ބަލާނީ ލޯނު އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑީގެ ކުރިން މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔެވުން ފަށާފައިވާ ދަރިވަރުން
މި ފުރުސަތުގެ ދަށުން ހަޔާ އެޑިއުކޭޝަން ލޯނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވި ތިބި ދަރިވަރުންނާއި ފުރިހަމަކުރި ޕްރޮގްރާމާ ގުޅިގެން ހަދަންޖެހޭ އިންޓާންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ޓޮޕްއަޕް ލޯނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން:
ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 700،000ރ.އަށް ވުރެ ބޮޑުނުވާ އަދަދަކަށް
ޓޮޕްއަޕް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކުރުމުގައި އެކަޑަމިކް މެރިޓް ސްކޯއިން އެންމެ މަތިން ސްކޯކުރާ ދަރިވަރުންނަށް އިސްކަންދޭނެ
ސްޓޫޑެންޓު ލޯނަށް އެދި ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށެވެ.
ކޮންމެ ދަރިވަރަކަށް ވެސް ހުށަހެޅޭނީ އެއް އެޕްލިކޭޝަން ކަމަށާއި އެއަށް ވުރެ ގިނައިން އެޕްލިކޭޝަން ހުށަހަޅައިފި ނަމަ އަދި އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް ފުރިހަމަ ނުވާ ނަމަ އެޕްލިކޭޝަން ބާތިލު ވާނެ ކަމަށް އިއުލާނުގައިވެ އެވެ.
ފާހަގަ ކުރެވޭ - ސްޓޫޑެންޓު ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ކިޔެވުން ފުރިހަމަކުރާތާ ހަތް މަސް ފަހުންނެވެ.
ސްޓޫޑެންޓު ލޯނަށް މިއަދު ހުޅުވާލިއިރު، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޭ ލޯނު، އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް، 'ޝަރީއާ ކޮމްޕްލަޔަންޓް' ލޯނަށް ހަދަައިދޭން ކަމާ ގުޅޭ ފަރާތްތަކަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ.
ރައީސް އަންގަވާފައިވަނީ:
ލޯނާ އެކު މިހާރު ހިމެނޭ %1 އިދާރީ ފީ އެއްކޮށް އުނިކުރުން
ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް ނުނެގުން
ދަރިވަރުންގެ ލޯނަށް ހުޅުވާލައިފި؛ 500 ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ