ބޭންކުތަކަށް ލިބޭ ޑޮލަރުގެ %90 އެމްއެމްއޭއަށް ނަގަން ނިންމައިފި

ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ނަގާ އަދަދު %90އަށް ބޮޑު ކުރަން އެ ބޭންކުން ނިންމައިފި އެވެ. 
އެނގުން މުހިންމު - ބޭންކަށް ޖަމާކުރާ ބޭރު ފައިސާގެ ތެރެއިން މިހާރު އެމްއެމްއޭއަށް މާރުކުރަން ބޭންކުތަކަށް މަޖުބޫރުކޮށްފައި ވަނީ %60 އެވެ. 
ވީ ކިހިނެއް؟ - އެމްއެމްއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ 1އިން ފެށިގެން ބޭންކުތަކަށް ލިބޭ ޑޮލަރުން އެމްއެމްއޭއަށް މާރު ކުރަން ޖެހޭ އަދަދު %90އަށް ބޮޑު ކުރަން ކަމަށެވެ. 
ތަފްސީލް - އެގޮަތަށް ނިންމީ އެމްއެމްއޭން ބުނި ގޮތުގައި އެ އޮތޯރިޓީން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް މަގުފަހިކުރުމަށެވެ. 
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ އަދަދަކަށް ބޭރު ފައިސާ ބޭންކުތަކުން އެ އޮތޯރިޓީއަށް ވިއްކަންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ