ސައުދީން ރާއްޖޭގައި ގާއިމުކުރާ އަރަބި ބަސް ދަސްކޮށްދޭ މަރުކަޒު ރަޖިސްޓްރީ ކޮށްފި

"އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސް" ގެ ނަމުގައި ސައުދީން ދެކުނު އޭޝިޔާގައި ގާއިމުކުރާ ފުރަތަމަ އިންސްޓިޓިއުޓް ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގައި ގާއިމުކުރާ އަރަބި ބަސް އުނގަންނައިދޭ މަރުކަޒު މިއަދު ރަޖިސްޓްރީކޮށްފި އެވެ.
"އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސް" ގެ ނަމުގައި ސައުދީން ދެކުނު އޭޝިޔާގައި ގާއިމުކުރާ ފުރަތަމަ އިންސްޓިޓިއުޓް ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަރަބި ބަސް ފެތުރުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ހާއްސަ އިރުޝާދުގެ ދަށުން ކުރާ މަސައްކަތެކެވެ. 
މި އިސްނެންގެވުމުގެ ދަށުން، ބޭރު ގައުމެއްގައި ގާއިމުކުރާ ފުރަތަމަ މަރުކަޒު ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ރަސްގެފާނު ސަލްމާން ހަވާލުކުރައްވާފައިވަނީ، އެ ގައުމުގެ އެންމެ ބޮޑު ޔުނިވާސިޓީ ކަމަށްވާ، އިމާމް މުހައްމަދު ޔުނިވާސިޓީ އާ އެވެ. އެ ޔުނިވާސިޓީން މިހާރު ވަނީ، ރާއްޖޭގައި ގާއިމުކުރާ މަރުކަޒުގެ ޑިރެކްޓަރަކަށް ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ އައްޔަނުކޮށްފަ އެވެ. އަދި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އާ ގުޅިގެން، އެ މަރުކަޒު ގާއިމުކޮށް، ކިޔަވައިދޭން ފެށުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވުން ވެސް ވަނީ އޭނާ އާ ހަވާލުކޮށްފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ